ޖަރުމަންގެ އެންމެ މަގުބޫލު ލެޝާ އެއާލައިން ކޮންޑޯގެ ދަތުރުތައް އަލުން ފަށައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު މެދުކަނޑާލި ކޮންޑޯގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށިއިރު، ޖަރުމަނުގެ ފްރޭންޑްފާޓް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެއެވެ. އެއީ ކޮންމެ ކޮންމެ އާދިއްތަ އަދި އަންގާރަ ދުވަހު އެވެ.
ޖަރުމަންގެ ލުފްތަންސާ އެއާލައިނުން ވެސް އަންނަނީ ރާއްޖެއަށް ހަފްތާއަކު ދެ ފްލައިޓު ބާއްވަމުންނެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި އާދިއްތަ ދުވަހު އެވެ.
ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެކެވެ. އެގޮތުން ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން ރާއްޖެއަށް 5.393 ފަތުރުވެރިން އައިސްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު