ދައުލަތަށް ބައިގަރުނެއްހާ ދުވަހު ހިދުމަތް ކުރެއްވި މަޝްހޫރު ދިވެހި މުދައްރިސް މޫސާ އަލީ، ބަލިވެ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، އުމުރުން 83 އަހަރުގައި މިއަދު ނިޔާވެއްޖެއެވެ.
އެނގިފައިވާާ ގޮތުގައި އޭނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ.
މޫސާ އަލީ ވަނީ 49 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މެދުކެނޑުމެއް ނެތި ދައުލަތަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އޭނާ ހިދުމަތުން ރިޓަޔާކުރެއްވީ 50 އަހަރު ފުރެން ދެ މަހަށް ވެފައިވަނިކޮށް 2008 ވަނަ އަހަރުއެވެ.
މުދައްރިސެއްގެ ގޮތުގައި މޫސާ އަލީ އެންމެ ފުރަތަމަ ހިދުމަތް ފެއްޓެވީ މީގެ 68 އަހަރު ކުރިން ހަމީދިއްޔާ ސްކޫލުގައި ދިވެހި މާއްދާ ކިޔަވައިދެއްވުމުންނެވެ. އޭގެ ފަހުން އެކި ސްކޫލުތަކުގައި ގިނަ އަހަރުތަކެއް ވަންދެން އޭނާ ވަނީ ދިވެހި ކިޔަވައިދެއްވައިފައެވެ. އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ އަމީނިއްޔާ ސްކޫލުގައެވެ.
ދިވެހިބަހަށް ހިދުމަތްކުރެއްވުމުގެ ރޮނގުން މޫސާ އަލީއަށް 1996 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ.
މީގެ އިތުރުން ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވުމުގެ އިނާމު 2023 ވަނަ އަހަރު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.
އަލީ ޔާމިން
މަރު
މަރު
މަރު
މަރު
ކޮމެންޓް