މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އަސްކަރީ ތަމްރީނުތަކެއް މާލެ އާއި ހުޅުމާ އަދި ހުޅުލޭގައި ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މި އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހުޅުލެ، ހުޅުމާލެ އަދި މާލެގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ތަމްރީނުތަކުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުން ދިރިއުޅޭ ތަންތަނާއި ދުރު ހިސާބުތަކުގައި ބްލޭންކްސް އަދި ޕައިރޯޓެކްނީކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ ކުރިންވެސް އެމްއެންޑީއެފުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު