ގަލޮޅުގައި ހުންނަ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބިދޭސީއަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ގަލޮޅު ކަރަންކާ މަގުގައި ހުންނަ "ސަލްމާން ކެފޭ" ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކުރީ މިއަދު ހެނދުނު 11:15 އެހާކަންހާއިރު އެވެ. އަލިފާން ރޯވީ ބަދިގޭގައި ހުރި ގޭސްފުޅި މަތީގައި އޮތް ތުވާންޔެއްގައި ކަމަށާއި މިހާރު އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ، ފަޔާ ޓީމު ސައިޓަށް ދިޔުމުގެ ކުރިން އެ ހާދިސާގައި ފިހުނު މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. ނަމަވެސް ފިހުނު މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު