މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމުކޮށްލައިފިއެވެ.
ފުލުހުން ބުނީ މާފަންނު ފިޔާތޮށި ގޯޅީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިރޭ 10:05 ހާއިރު ލިބިފައިވާ ކަމަށެވެ. ނަމަވެސް ބިދޭސީ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޒަހަމްވި ބިދޭސީ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ދާދި ފަހުން ވެސް ވަނީ ބިދޭސީ ދެ ގްރޫޕެއްގެ ދެމެދުގައި ހަމަނުޖެހުން ހިންގައިފައެވެ. ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު، ހަމަނުޖެހުން ހިންގި މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު