ކޮވިޑްގެ ހާލަތު ގޯސްވެ ނެދަލެންޑް އަނެއްކާވެސް ލޮކްޑައުން ކުރަން ނިންމައިފިއެވެ.
ގައުމާއި މުހާތަބު ކުރައްވަމުން ނެދަލެންޑްގެ ބޮޑުވަޒީރު މާކް ރޫޓޭ ވަނީ އެގައުމު އެއްކޮށް ލޮކްޑައުން ކުރުމަށް ނިންމަވާފައިވާ ކަމަށާއި މިފަހަރުގެ ލޮކްޑައުން ހަރުކަށިވާނެކަމަށް ވިދާޅުވެފައެވެ.
ބޮޑުވަޒީރު ވިދާޅުވީ އަންނަ މަހުގެ 19 އާއި ހަމައަށް މުޅި ގައުމު އެއްކޮށް ބަންދުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އަންނަ ބުދަދުވަހުގެ ރެއިން ފެށިގެން ނެދަލޭންޑް ލޮކްޑައުން ކުރާއިރު ޒަރޫރީ ބޭނުންތަކަށްވެސް މީހުންނަށް މަގުތަކަކަށް ނުނިކުމެވޭނެއެވެެ.
ނެދަލެންޑުން ލޮކްޑައުން ކުރުމަށް ނިންމާފަައިވާއިރު އެގައުމުގައި ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި އެގައުމުގެ ހޮސްޕިޓަލުތަކަށް ނުކަތާވަރަށް ބަލިމީހުން އިތުރުވެފައިވާކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ