އެމެރިކާގައި ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.
ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އެމެރިކާގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާ އެންމެ ބޮޑު ފިޔަވަޅު އެޅުމުގެ ގޮތުން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ނަރުހަކަށެވެ.
އެމެރިކާގައި ދޭން ފަށާފައިވަނީ އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކޮވިޑް ވެކްސިން، ފައިޒާއެވެ.
ފައިޒާ ވެކްސިންގެ މިލިއަނެއްހާ ޑޯޒް އެމެރިކާގެ އެކި ހިސާބުތަކަށް ވަނީ ފޮނުވައިފައެވެ. އެގައުމުގެ 150 އެއްހާ ހޮސްޕިޓަލުގައި ވެކްސިން ދޭނެކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާއިން ވަނީ އަންނަ އަހަރުގެ އޭޕްރިލް އައުމުގެ ކުރިން އެގައުމުގެ 100 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އަޒުމު ކަނޑައަޅާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ