ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެ ތިން މީހަކު ޒަހަމް ވެއްޖެއެވެ.

މިކަމާބެހޭ މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ "ޖިހާދު 1" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށާއި "ވިލާ ވާލި-13" ކިޔާ ދޯންޏަކުން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ޖިހާދު ދޯނީގެ ތިން މީހުން ފިހުނީ ޕެޓްރޯލް ހަމެއްގައި ރޯވެގެން ކަމަށް އެންއެންޑީއެފުން ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ދޯންޏަކީ، މ. ކޮޅުފުށީގެ 26 މޭލު ބޭރުގައި އޮތް ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފުން ބުންނެވެ.

އެ ދޯނީގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެ މީހަކު ޒަހަމްވިކަމުގެ ރިޕޯޓު ލުބުނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށްވެސް ކޯސްޓަގާޑުން ބުންޏެވެ.

މިހާދިސާގައި ޒަހަމްވި 3 މީހުންވެސް ސީއެންބިއުލެންސަށް ނަގައިގެން ފަރުވާދިނުމަށް ދަތުރު ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގައި ތިބި ފަޅުވެރިން، އަމިއްލައަށް ރޯވި އަލިފާންގަނޑު ނިއްވާފައިވާ ކަމަށެވެ.