މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުކުށުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް ކުރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.
މި މައްސަލަ ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި އޮތީ މާދަމާ 2:00 އަށެވެ. މި މައްސަލައިގެ އަޑު އެހުމެއް އެންމެފަހުން ބޭއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މި މައްސަލައިގައި، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހާއެކު އިއުތިރާފު އެއްބަސްވުމަކަށް އައުމަށް އާތިފް ޝަކޫރު ހުށަހަޅުއްވާފައިވާ ކަމަށް ޕީޖީ އޮފީހުން އޭރު ވަނީ ބުނެފައެވެ.
ނަމަވެސް މިހާނަތަށް އައިއިރު، އެފަދަ އެއްބަސްވުމެއް ހަދާފައިވާކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުކުށުގެ ދައުވާ އުފުލީ، އެފްއައިޔޫގެ އިސްވެރިޔާގެ މަަގާމުގައި އޭނާ ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިން އަށް ޝައްކު ކުރެވޭ މުއާމަލާތެއް، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގައެވެ.
އާތިފް ޝަކޫރު އެފްއައިޔޫގެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި 4 ނޮވެމްބަރު 2014 އިން ފެށިގެން 21 ޖޫން 2015ގެ ނިޔަލަށެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް