ދިވެހިރާއްޖޭގެ ތާރީޚު

ދިވެހީންގެ ދަރިކޮޅުތަކާއި މަތިކޮޅުތައް 4

އިޔާޒު ނަސީމް

1

އިސްދޫ ރަސްދަރިކޮޅުގެ މަތިކޮޅު އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނާ ގުޅިފައި ވާ ގޮތް ތިރީގައި މި ބަޔާން ކުރަނީއެވެ. އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބުގެ ދަރިކަލުން ދޮން ޙަސަން ޚަޠީބުކަލޭގެ (ހޯދަޑު ކަތީބުކަލޭގެ) ދަރިކަލުން ކަނބުރު އަދަރަހަން ކަތީބުގެ ދަރިކަލުން އުތުވާން ޚަޠީބުގެ ދަރިކަލުން ސީދީނާއިބުކަލޭގެ ދަރިކަލުން ޢަލީ އަޑަފިކަލޭގެ ދަރިކަލުން ކޭހަރިތައި ނާއިބުކަލޭގެ ދަރިކަލުން ކޭހަރިތައި ދޮން އަބަރަހަން ކަތީބު ކަލޭގެ ދަރިކަލުން ފުނާޑު އެދުރުގޭ ދޮން އަޙްމަދު އެދުރުކަލޭގެފާނުގެ ދަރިކަލުން ހިރިހަމާދި ގަދަ ކަލޭގެފާނު (ފޮރުފަގި އޮޅުގިނައި ކަލޭގެފާނު)ގެ ދަރިކަލުން ދައިގަނޑު ގަނޑުވަރު މާފަތްތަކުރުފާނުގެ ދަރިކަލުން އިބްރާހީމް ޝާހް ބަންދަރު (އިސްދޫ ބޮޑު ވެލާނާތަކުރުފާނު)ގެ ދަރިކަލުން އައްސުލްޠާން ޢަލީ 7 އެވެ.

މިހާރު މި ލިޔަމުން ގެންދާ ބޯދާ ދަރިކޮޅުތަކުގެ ބައި ނިމުމުން އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅުގެ އިތުރުން ހުރާ ދަރިކޮޅުން ވެސް ޞޫރު ދަރިކޮޅާ ގުޅޭ ދަރިކޮޅުތައް ލިޔުމަށް ވަނީ ގަސްތު ކުރެވިފައެވެ.

އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ ދަރިކޮޅުން ކަޅިހާރު ދަރިކޮޅުގެ ފުރަތަމަ ޖީލުގެ ވާހަކަ ވާނީ މީގެ ކުރީގެ ލިޔުމުގައި ބަޔާން ކުރެވިފައެވެ.

އެއީ ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ޙަސަން ޚަޠީބުއާއި ކަޅިހާރާއާ ކުރި ކައިވެނީން ލިބުނު ދަރީންނެވެ. ދަރިކޮޅެއްގެ ގޮތުގައި އައްޑޫމީދޫ ކަޅިހާރު ދަރިކޮޅުގެ ފުރަތަމަ ޖީލަކީ މިއެވެ. އޭގެ ކުރީން ރަށުގެ އިސްމީހުންގެ ތެރެއިން ކަޅިހާރު ނުވަތަ ކަޅައިހާރު ނަމަކަށް ކިޔާ މީހަކު ފާހަގަ ކުރެވެއެވެ. އަދި ހަމަ އެހެންމެ ކަޅިހާރު ދަރިކޮޅުގެ ފުރަތަމަ ޖީލުގެ މަންމައަކީ ކަޅިހާރާ ނުވަތަ ކަޅިހާރުބީފާނު ނަމަކަށް ކިޔާ މީހެއް ކަން ވެސް ފާހަގަ ކުރެވެއެވެ.

އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ޙަސަން ޚަޠީބު އާއި ކަޅިހާރާއަށް ލިބުނީ ހަތަރު ދަރީންނެވެ. އެއީ ކަޅިހާރު އަބޫބަކުރު ޚަޠީބު (ކަޅިހާރު އަބޫ) އާއި، ކަޅިހާރު ދޮންސިއްތި އާއި، ކަޅިހާރު ދޮންސީދިކަލޭގެ އާއި، ކަޅިހާރު ދޮން ޔޫސުފް ޚަޠީބު އެވެ. މީގެ ތެރެއިން ކަޅިހާރު އަބޫބަކުރު ޚަޠީބު ކައިވެނި ބެއްލެވީ ކުންނިޔަރު ދޮން ފާޠިމާއާ އެވެ. މި ދެ ކަނބަލުންނަށް ލިބުނު ދަރީންނީ، ދޮން އަޙްމަދު ޚަޠީބު އާއި، ކުންނިޔަރު ދޮން ޙަސަން ޚަޠީބު އާއި، ދޮން މަޙްމޫދު ކަލޭގެ އާއި، ދޮން އާމިނާ ކަނބުލޭގެ އާއި، ދޮން ޙައްވާ އާއި، މުސްކުޅި ކާލޯ އާއި، ދޮންދަނަބޫއެވެ.

ކަޅިހާރު އަބޫބަކުރު ޚަޠީބުގެ ދޮންދަނަބޫގެ ދަރިއަކީ ދޮން ޙައްވާއެވެ. މި ދޮން ޙައްވާއާ ކައިވެނި ކުރީ ކެއުޅާރު ހަނދޭގިރިތަކުރުގެ ޙައްވާބީގެ މަރްޔަމްބީގެ ޢުމަރުތަކުރު އެވެ. ލިބުނީ އިބްރާހީމް ތަކުރު އެވެ. މި އިބްރާހީމް ތަކުރު ކައިވެނި ކުރީ އުހުނިޔަރު ދޮން ޢަލީ ޚަޠީބުގެ ދަރި ދޮންސީނިބޫގެ އިބްރާހީމް ތަކުރުފާނުގެ ޛުލައިޚާއާއެވެ. ލިބުނީ ޢައިޝާ ރަނިޔައެވެ. މި ޢާއިޝާ ރަނިޔަށް ދޮންދަނަބޫގޭ ޢާއިޝާ ރަނިޔައޭ ވެސް އަދި ކަޅިހާރު ޢާއިޝާ ރަނިޔައޭ ވެސް ކިޔައެވެ. މިއީ އެ ޒަމާނުގައި ރީތި ކަމަށް ނަން މަޝްހޫރު ބޭކަނބަލެއް ކަމަށް ބުނެވެއެވެ. މި ޢާއިޝާ ރަނިޔައާ ކައިވެނި ބެއްލެވީ ހުވަދޫ މާމެންދޫ މުދިންގޭ އިބްރާހީމް ކަލޭގެފާނެވެ. މި އިބްރާހީމް ކަލޭގެފާނު، މި ޢާއިޝާ ރަނިޔައާ ކައިވެނި ބައްލަވައިގެން އުޅުއްވީ އައްޑޫމީދޫ ކަޅިހާރުގޭގައެވެ. ޢާއިޝާ ރަނިޔައާއި އިބްރާހީމް ކަލޭގެފާނަށް ލިބުނު ދަރީންނީ ކަޅިހާރު މުޙައްމަދު ޚަޠީބު މަނިކާއާއި ކަޅިހާރު އާމިނާ ރަނިޔަ (ފަހުން އެދުރުގޭ އާމިނާ ރަނިޔަ)އާ އެވެ. މި އާމިނާ ރަނިޔަކީ އައްޑޫމީދޫ އެދުރުގޭ އަލްފަޤީހް މޫސާ އެދުރުތަކުރުފާނުންގެ މަންމައެވެ.

އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ޙަސަން ޚަޠީބުގެ ދަރިކަލުން ކަޅިހާރު އަބޫބަކުރު ޚަޠީބުގެ ދޮން ޙައްވާއާ ކައިވެނި ބެއްލެވީ އައްޑޫމީދޫ ފަންނިޔަރާގެ ދޮން މުޙައްމަދުއެވެ. ލިބުނީ އަބޫބަކުރު (ދޮހޮވާ ޚަޠީބުކަލޭގެ) އާއި ދޮންދަލިކާއެވެ. މި ތަނުން ދޮންދަލިކާގެ ދަރިއަކީ ކުންނިޔަރު ޤާސިމް މަނިކާއެވެ. މީނާ ކައިވެނި ބެއްލެވީ ކެއުޅާރު އީސާ ތަކުރުގެ ދި ކުންނިޔަރު މަރްޔަމްބީއާއެވެ. ލިބުނީ ޢަލިމަނިކާއެވެ. އަހައްމާކުރުގޭ ކަދީދާބީއާ މި ޢަލިމަނިކާ ކައިވެނިކޮށްގެން ލިބުނީ އަހައްމާކުރުގޭ ޙައްވާބީ (ކުންނިޔަރު ޙައްވާބީ)އެވެ. ފަރެހު ޢަލީއާއި އައްޑޫމީދޫ ވައްލިޔަރު ދޮން ޙައްވާއާ އިނދެގެން ލިބުނު މުޙައްމަދުގެ ދަރި ދޯނބޮރާގޭ އަޙްމަދު (ދޯނބޮރާގޭ މާލިމީ)، ކުންނިޔަރު ޙައްވާބީއާ ކައިވެނިކޮށްގެން ލިބުނީ އަހައްމާކުރުގޭ މާލިމީއެވެ. ހަމަ މި ކުންނިޔަރު ޙައްވާބީއާ މުހުއްމާކުރުގޭ ޙަސަންމަނިކާ އިނދެގެން ލިބުނީ އަހައްމާކުރުގޭ މަރްޔަމްފާނު (ކުންނިޔަރު މަރްޔަމްފާނު)އެވެ. މި މަރްޔަމްފާނާ އެއްބަފައި އާމިނާބީގެ މަންމައަކީ ހިތަދޫ ކުޑައްޔަގެ އައިސާއެވެ. މި ކުންނިޔަރު މަރްޔަމްފާނާ ކައިވެނި ބެއްލެވީ އަތިރެގޭ ޙަސަން ތަކުރުފާނު (އެދުރު ޚަޠީބުކަލޭގެ)އެވެ. ލިބުނު ދަރީންނީ އަތިރެގޭ ސިއްކަ މުޙައްމަދު ކަލޭގެފާނު އާއި، އަތިރެގޭ މަނިކެ އާއި، ޙައްވާމަނިކުފާނެވެ. މީގެ ތެރެއިން އަތިރެގޭ މަނިކެ ނިޔައުވީ މާލޭގައެވެ. އަތިރެގޭ ސިއްކަ މުޙައްމަދު ކަލޭގެފާނުގެ ދަރީންގެ ތެރެއިން މީދޫ ކުންނިޔަރު ޢަލިތަކުރުފާނަކީ ހިތަދޫ ތުއްބީގެ ޙަސަންތައްޚާނުމެންގެ ބައްޕައެވެ. މި ދަރިކޮޅު އަދި ފަހުން، ތަފްސީލުކޮށް ލިޔާން ވަނީ ގަސްތު ކުރެވިފައެވެ.

އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ޙަސަން ޚަޠީބުގެ ދަރިކަލުން ކަޅިހާރު އަބޫބަކުރު ޚަޠީބުގެ ދަރިކަލުން ދޮން އަޙްމަދު ޚަޠީބު ކައިވެނި ބެއްލެވީ ދޮންއާބޫއާއެވެ. ލިބުނީ ފޮކޮޅުމަގު އިބްރާހީމްތަކުރުފާނު އާއި، ދޮން އައިސާ ރަނިޔައާއި، ޙައްވާ ރަނިޔައެވެ. ހާނެއިކަލޭގެ ނަމަކަށް ކިޔާ މީހަކު ދޮންއާބޫއާ ކުރި ކައިވެންޏަކުން ހާނެއިގޭ ދޮން މުޙައްމަދު ކިޔާ ދަރިއަކު ލިބުނެވެ. މީނާ ކައިވެނި ކުރީ ކެއުޅާރުބީފާނާއެވެ. ފޮކޮޅުމަގު އިބްރާހީމްތަކުރުފާނު ކައިވެނި ބެއްލެވީ އެޅެގެދަރިގޭ ކަނބުލޭގެފާނާއެވެ. ލިބުނީ ފާޠިމާފާނު އާއި، ޙައްވާފާނުއެވެ. މި ޙައްވާފާނުއާ ހުޅުދޫ ޙައްވާބީގެ އިބްރާހީމް ތަކުރުފާނު ކައިވެނި ބައްލަވައިގެން ލިބުނީ އެޅެގެދަރިގޭ ޙަސަން ތަކުރުފާނެވެ.

ފޮކޮޅުމަގު އިބްރާހީމް ތަކުރުފާނާ އެއްބަނޑު އެއްބަފާ ދޮން އައިސާ ރަނިޔައާ މުހުއްމާކުރުގޭ އަލިމަނިކާ ކައިވެނި ކޮށްގެން ލިބުނީ ޙުސައިން ތަކުރުފާނު އާއި، ސިއްކަ އިސްމާޢީލު ތަކުރުފާނު އާއި، ސިއްތީފާނު އާއި، ދޮންއާބުގޭ ދޮން ކަމަނާއެވެ. މީގެ ތެރެއިން ސިއްތީފާނުއާ ކައިވެނި ބެއްލެވީ ހުޅުދޫ ޙައްވާބީގެ އިބްރާހީމް ތަކުރުފާނުގެ ދަރިކަލުން އެޅެގެދަރިގޭ ޙަސަންތަކުރުފާނެވެ. މި ދެކަނބަލުންނަށް ލިބުނީ ފަންނިޔަރު ޢާއިޝާ މަނިކެ އާއި ކުންނިޔަރު މަރްޔަމްފާނެވެ. މި މަރްޔަމްފާނުއާ އަތިރެގޭ ސިއްކަ މުޙައްމަދު ކަލޭގެފާނު ކައިވެނި ބައްލަވައިގެން ލިބުނީ މީދޫ ކުންނިޔަރު އިބްރާހީމް ތަކުރުފާނު އާއި، މީދޫ ކުންނިޔަރު ޙަސަން ތަކުރުފާނު އާއި، މީދޫ ކުންނިޔަރު ޢަލި ތަކުރުފާނެވެ. މިއީ ކުރީން ވެސް ބުނެވުނު ފަދައިން ހިތަދޫ ތުއްބީގެ ޙަސަންތައްޚާނުމެންގެ ބައްޕައެވެ.