އއ. އުކުޅަހު ގެސްޓްހައުސެއްގައި ހުރި ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އުކުޅަހު ހެލްތު ސެންޓަރުން ބުނީ އެރަށު ނަލަވެލި ވިލާ ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އުކުޅަހުން ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެމީހާއާ ބައްދަލުވި މީހުން ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުވެސް އެރަށުން ވަނީ ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެފަހަރުވެސް ޕޮޒިޓިވްވެފައިވަނީ ނަލަވެލި ވިލާ ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު