70 ކްލިނިކް ގާއިމުކޮށް ރަޝިޔާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.

މޮސްކޯގެ ކޮވިޑު ޓާސްކްފޯހާ ހަވާލާދީ މީޑިއާތަކުން ބުނީ، ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ އެކި ސަރަހައްދުތަކުގައި ކުލިނިކުތައް ގާއިމްކޮށްގެން ކަމަށެވެ.

ޓާސްކް ފޯސް އިން ވަނީ ރަޝިއާއިން އުފައްދާފައިވާ ކޮވިޑް ވެކްސިން ސްޕުޓްނިކް އެންމެ ފުރަތަމަ ޖެހުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންނަށް ކަމުގައި ބުނެފައެވެ. އަދި އެއަށްފަހު ޓީޗަރުންނާއި ސޯޝަލް ވޯކަރުންނަށް ވެކްސިން ދޭނެކަމަށް ބުނެފައި ވެއެވެ.

ރަޝިއާއިން ވެކްސިން ދޭން ފެށުމުގެ ކުރިން ރަޖިސްޓްރީ ވާން ހުޅުވާލުމާއެކު ފުރަތަމަ ފަސްގަޑިއިރުތެރޭ 5000 އަށްވުރ ގިނަ މީހުން ވަނީ ނަންނޯޓު ކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ރަޝިޔާގެ ކޮވިޑް ހާލަތު ގޯސްވެފައިވާއިރު އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 28،782 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މިހާތަނަށް ޖުމްލަ 2.43 މިލިއަން ކޭސް އެގައުމުން ފެނިފައި ވެއެވެ.