ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ލ. އަތޮޅުގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވީ ކައްދޫ އަށާއި ގަމަށެވެ. އެގޮތުން ކައްދޫގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވައި ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑިމޮންސްޓްރޭޝަނެއް ބައްލަވައިލެއްވި އެވެ.
އެ ޑެމޮންސްޓްރޭޝަނަކީ މިދިޔަ ނޮވެންބަރު މަހުގެ 16 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަނެކެވެ.
ގަމަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ސަރުކާރުން ކުރިއަށް ގެންދިޔަ ތިން މަޝްރޫއެއްގެ ނިމުން ފާހަގަކުރައްވައި، އެ ތިން ތަނުގެ ހިދުމަތް ރަސްމީގޮތުން އިފްތިތާހް ކޮށްދެއްވައިފަ އެވެ.
އެއީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތާއި ގަމު މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުން އަދި ގަމުގައި އަލަށް އިމާރާތްކޮށްފައިވާ ގަމު ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގަމުގައި އަލަށް ހެދި މަރުކަޒީ އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެތަން ވެސް ބައްލަވާލައްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު