ރަޝިޔާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް އަންނަ ހަފްތާގައި ފަށަން އެގައުމުން ނިންމައިފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިންގެ ވަނީ ރަޝިއާގައި އުފައްދާފައިވާ ސްޕުޓްނިކް ވެކްސިން ބޭނުންކޮށްގެން އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފެށުމަށް އަމުރުކުރައްވައިފައެވެ.

ރަޝިއާގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރިންނަށެވެ.

ރަޝިޔާ އަކީ މުޅި ދުނިޔެއިންވެސް ހަތަރުވަނައަށް އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 2.3 މިލިއަން ކޮވިޑް ކޭސް ފެނިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.