ބަންގްލަދޭޝްގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ހިލޭ ދިނުމަށް އެގައުމުން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ހެލްތު ސެކްރެޓަރީ އަބްދުލް މަންނާން ވަނީ އެގައުމަށް އަންނަ ފެބްރުއަރީ މަހު ކޮވިޑް ވެކްސިން ލިބޭވަރުވާނެކަމަށް ވިދާޅުވެފައެވެ.
160 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝް އިން ވަނީ އިންޑިއާގެ ސެރަމް އިންސްޓިއުޓް މެދުވެރިކޮށް ޔޫކޭގެ ކޮވިޑް ވެކްސިން އެސްޓްރާޒެނެކާ ހޯދުމަށް އެއްބަސް ވެފައެވެ.
އެސްޓްރާޒެނެކާގެ 30 މިލިއަން ޑޯޒްގެ ވެކްސިން ފެބްރުއަރީ މަހު ލިބޭނެ ކަމަށް ހެލްތު ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.
ބަންގްލަދޭޝްގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށާއި އެގައުމުގެ ފުލުހުންނަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ