ޗައިނާ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ޗައިނާ ސަފީރު ޖަންގް ލިޖޮންގްއާ މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވީ އިއްޔެ މެންދުރުފަހުއެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިގުތިސޯދީ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއް ކަމަށާއި މިހާރު ދިމާވެފައިވާ އިގުތިސޯދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާ ސަފީރު ސަންޖޭ ސުދީރާ މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވީ މިއަދު މެންދުރުފަހުއެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ކުދި އަދި ބޮޑެތި ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، މަޝްރޫއުތައް އަވަސްކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު