ޕީއެންއެފްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ އަބްދުލްގައްޔޫމު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ނިސްބަތްވާ ޕީއެންއެފްގެ 10 މީހުންވެސް ނުހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި "ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލް"ގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ދީދީ މިހެން ވިދާޅުވީ، ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަ ކުރުމުގެ ގޮތުންނެވެ.

މެންބަރު ވިދާޅުވީ، ރައީސް ޔަމީންގެ އައްޑޫ ދަތުރުގައި އެ މަނިކުފާނު ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އިތުރުން އެމަނިކުފާނާއެކު އެކި ތަންތަނަށް ދަތުރުކުރީ އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އެބަ ބޭނުންވޭ ރައީސް ޔާމީނަށްވެސް މަނިކުފާނަށް ކިތައް ފަހަރުހޭ އެމްޑީޕީން ދޯކާ ދޭނީ، މިހާރު އައްޑުއަށް އެ ކުރައްވާ ދަތުރުގައި ނެތޭ ޕީއެންއެފްގެ 10 މީހުން، ހުސް އެމްޑީޕީ މީހުން ތިބީ: އިބްރާހީމް ދީދީ ވިދާޅުވި އެވެ.

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެން އުޅުއްވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެ ސިޓީގެ ކައުންސިލާވެސް ބައްދަލުކުރައްވައިފައެވެ.