ހުކުރު ދުވަހުރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ފަރުވާދެމުން އަންނަނިކޮށް މަރުވެފައިވާތީ އެ އެކްސިޑެންޓުގެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އުމުރުން 24 އަހަރުގެ އައިޝަތު ނަޒްރާ، މަރުވި އެކްސިޑެންޓު ހިނގީ ހުކުރު ދުވަހުގެ ރޭގަނޑު 10:00 ހާއިރު އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލެއް ކޮންޓްރޯލް ނުވެ، ދުވާ ޓްރެކް މައްޗަށް އެރުމުން ކަމަށެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ފިރިހެނަކު ކަމަށާއި އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަން މީހެއް ނޫން ކަމަށެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިނީ ނަޒްރާގެ ލޯބިވެރިޔާ އާޒިފް އަބްދުލް ހަކީމެވެ. އަދި އެ ދެމީހުން ތައްޔާރުވަމުން އައީ ކައިވެނިކުރުމަށް ކަމަށްވެސް އެނގިފައި ވެއެވެ.
ނަޒްލާ މަރުވީ، އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު ފަހުން، އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދެމުން އަންނަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް