އަންނަ އަހަރު މެލޭޝިއާގެ 30 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ދޭނެކަމަށް އެގައުމުގެ ބޮޑު ވަޒީރު މުހިއްދީން ޔައްސީން ވިދާޅުވެއްޖެއެވެ.
އާބާދީގެ 30 އިންސައްތަ ނުވަތަ 9.6 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވެކްސިން ހޯދުމަށް ދެ ޕާޓީއަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެެ.
މެލޭޝިއާއިން ވަނީ ފައިޒާގެ 12.8 މިލިއަން ވެކްސިން ޑޯޒް ހޯދުމަށް އެއްބަސްވުމަކަށް އައިސްފައެވެ. ކޮވެކްސް ވެކްސިން އެގައުމުގެ 10 އިންސައްތަ އާބާދީ އަށް ދިނުމަށްވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް މެލޭޝިއާ ގެ މީޑިއާ ތަކުން މައުލޫމާތު ދީފައި ވެއެވެ.
ބޮޑުވަޒީރު މުހިއްދީން ވަނީ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެކަމަށް ވިދާޅުވެފައެވެ.
މެލޭޝިއާއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 63،176 މިލިއަނަށް އަރާފައިވާއިރު ބަލި ޖެހިގެން 354 މީހުން މަރުވެފައިވާ ކަމަށް ވެސް ރެކޯޑްތަކުން ދައްކައެވެ.