ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ މަންމާފުޅު ނިޔާވެއްޖެ އެވެ.

މައިމޫނާގެ މަންމާފުޅު، ހއ. އިހަވަންދޫ/ ވައިޖެހޭގެ، ޖަމީލާ ހުސެއިން ނިޔާވީ މިއަދު ހެނދުނު 10:22 ހާއިރު އެވެ. ނިޔާވި އިރު އުމުރަކީ 82 އަހަރެވެ.

މައިމޫނާގެ މަންމާފުޅު އަވަހާރަވިކަން ކަށަވަރު ކޮށްދެއްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، އެއީ ކޮވިޑް މަރެއް ނޫން ކަމަށެވެ. އަދި އޭނާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިފައިވެ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ވަން" އަށް ވިދާޅުވީ،

ޖަމީލާ ހުސެއިން އަވަހާރަވީ މުސްކުޅި ބައްޔަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.