ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި މޮޑާނާއިން އުފައްދާ ވެކްސިންގެ 160 މިލިއަން ޑޯޒް ގަންނަން ނިންމައިފި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑާ ދެކޮޅަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކާމިޔާބު ނަތީޖާއެއް ދައްކާފައިވާ މޮޑާނާގެ ވެކްސިން ގަތުމަށް ޔޫރަޕިއަން ކޮމިޝަނުން ވަނީ ހުއްދަ ދީފަ އެވެ.
އީޔޫ އިން މީގެ ކުރިން ވަނީ ކޮވިޑާ ދެކޮޅަށް އުފައްދާ ވެކްސިންތައް ގަތުމަށް އެހެން ޕާޓީތަކާއެކު ވެސް އެއްބަސްވުންތަކެއް ހަދައިފަ އެވެ.
އޭގެތެރޭގައި އެސްޓްރާޒެނެކާ އާއި ފައިޒާގެ އިތުރުން ސަނޯފީ އަދި ޖޯންސަން ޖޯންސަންގެ ވެކްސިން ހިމެނެ އެވެ.
މިހާތަނަށް ނަތީޖާ ލިބިފައިވާ ކޮވިޑް ވެކްސިންތަކުގެ ތެރެއިން މޮޑާނާ ވެކްސިނަކީ މިހާތަނަށް ނުކުތް އެންމެ ކާމިޔާބު އެއް ވެކްސިނެވެ. އެ ވެކްސިންގެ ރައްކާތެރިކަން 95 ޕަސެންޓް ވަނީ ކަށަވަރުވެފަ އެވެ.