މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ، ގަލޮޅުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައިވާކަމުގެ މައުލޫމާތެއް މިއަދު 11:57 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، މަރުވެފައި އޮއްވައި ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށާއި އެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް އެއީ ކޮންކަހަލަ މަރެއް ކަމެއް އަދި މަރުވެފައި އޮއްވައި ފެނިފައިވަނީ ކޮން އުމުރެއްގެ މީހެއް ކަމެއް އަދި ނޭނގެ އެވެ.