ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާއިން އިތުރު 79 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށުން ޕޮޒިޓިވްވީ ޖުމުލަ އަދަދު 186 އަށް އަރައިފިއެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 150 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެއްސަކާއި 92 ބިދޭސީންނެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 150 އަށް އަރާފައިވަނީ ރަށްފަޅުހުރާއިން ޕޮޒިޓިވްވީ 79 މީހުންނާއެކު ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. އިއްޔެއާ ހަމައަށް އެ ރަށުން 107 މީހަކު ވަނީ ޕޮޒިޓިވެފައެވެ. އެހެންކަމުން މިއަދުގެ ކޭސްތަކާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 186 އަށް އަރައިފައެވެ. މާލެ ސަރަހަދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 62 މީހެކެވެ.
ރަށްފަޅުހުރާ ހިއްކައިގެން ރިސޯޓް ތަރައްގީކުރަމުން އަންނަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ "ދަ ރިޓްޒް ކާލްޓަން" އިންނެވެ.
ރަށްފަޅުހުރާ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީކުރަމުން އަންނަ އިރު، އެ ރަށްރަށުގައި 2،000 އަށްވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރަށްފަޅުހުރާއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެޗްއީއޯސީގެ ޓީމެއް ވަނީ ރަށްފަޅުހުރާގެ ހަތަރު ރަށަށް ދަތުރުކޮށް އެސެސްމަންޓެއް ހަދައިފައެވެ.
ރަށްފަޅުހުރާއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު އެ ރަށުން ނެގި 249 ރެންޑަމް ސާމްޕަލްގެ ތެރެއިން 26 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ރަށްފަޅުހުރާ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު