އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ޕީއެންސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާދަމާ 2:30އަށް ފުލުހަށް ހާޒިރުވާން ސުޖާއު އަށް އަންގާފައިވާ ކަމަށެވެ.
ސުޖާއު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ، ނޮވެމްބަރު ތިނަކާ ގުޅިގެން "ބަޑި ބުރާސްފަތި" ނަމުގައި އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި ޖަލްސާއާ ގުޅިގެންނެވެ. އެ ޖަލްސާގެ ތެރެއިން ވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން އެރޭ ބޭއްވި ޖަލްސާއަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ބާއްވަމުންދާ ހަރަކާތެއް ކަމަށް ބުނެ ފުލުހުން ވަނީ އެ ޖަލްސާ ހުއްޓުވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު