ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާއި ކެމްބްރިޖް ޔުނިވާސިޓީ ގުޅިގެން އިންތިޒާމުކުރާ ''އިނޮވޭޝަން ކޮންފަރެންސް 2020'' އިފްތިތާހުކޮށްފިއެވެ.
މި ކޮންފަރެންސް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
އެގޮތުން މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވައި މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި ކޮވިޑް 19ގެ ހާއްސަ ހާލަތުގައި ދަރިވަރުންގެ އުނގެނުން މެދުނުކެނޑި ކުރިއަށްގެންދިއުމުގައި ތައުލީމީ ދާއިރާގެ ހުރިހާ ބޭފުޅުން ކުރެއްވި، އަދި ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.
މިއީ ކޮވިޑް 19ގެ ދަތި ހާލަތުގައި އިންޓަނެޓް މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މުދައްރިސުން ކުރި އާ އީޖާދުތަކާއި ތައްޔާރުކުރި ފުރިހަމަ އާލާތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކޮށް، އަގުވަޒަން ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކޮންފަރެންސެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ޒޫމް މެދުވެރިކޮށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި 23 ސްކޫލަކުން ބައިވެރިވެ، ޖުމްލަ 47 ޕްރޮޖެކްޓް ހުށަހަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު