ގދ. ތިނަދޫގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތިނަދޫގައި މީހަކު ރަހީނުކޮށްފައިވާ މައްސަލައެއް މިއަދު ހަވީރު 5:00 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ދަށުން ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެއްގެ އިތުރުން 52 އަހަރުގެ މީހެކެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަހީނުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު