މޮޑާނާގެ ވެކްސިން ޔޫކޭއަށް ސަޕްލައި ކުރުމަށް އެއްބަސް ވެއްޖެއެވެ.

މޮޑާނާއިން ޔޫކޭއާ އެކު އެއްބަސް ވެފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ކުރީކޮޅު ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށެވެ.

މޮޑާނާއިން ޔޫކޭއަށް ސަޕްލައި ކުރާ ވެކްސިންތަކުގެ އިތުރު މައުލޫމާތު ތަކެއް ހާމަކޮށްފައި ނުވާއިރު ކިތައް ޑޯޒް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ޔޫކޭގެ ހެލްތު މިނިސްޓަރު މެޓް ހެންކޮކް މީގެ ކުރިން ވަނީ އެމެރިކާއިން އުފައްދާ ކާމިޔާބު ވެކްސިންގެ ފަސް މިލިއަން ޑޯޒް އެގައުމަށް ގެނައުމަށް ނިންމާފައިވާކަން އާންމުކުރައްވައިފައެވެ.

މޮޑާނާއިން ވަނީ މިހާތަނަށް ކުރި ހުރިހާ ޓެސްޓު ތަކެއްވެސް ކާމިޔާބު ކަމަށާއި ވެކްސިން 95 ޕަސެންޓް ރައްކާތެރިކަމަށް ބުނެފައެވެ.