މޮޑާނާ ވެކްސިންގެ ރައްކާތެރިކަން 95 ޕަސެންޓު ކަށަވަރުވެއްޖެއެވެ.
އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި މޮޑާނާއިން އުފައްދާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ޓެސްޓުތަކުގެ ޑޭޓާ ދައްކާގޮތުން ވެކްސިންގެ ރައްކާތެރިކަން ފައިޒާ އަށްވުރެ ރަނގަޅެވެ.
މިއާއެކު ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމަށް މޮޑާނާއިން ބުނެފައި ވެއެވެ.
ފައިޒާ އާއި މޮޑާނާއިން ވެސް ވަނީ ކޮވިޑާ ދެކޮޅަށް ވެކްސިން އުފެއްދުމަށް އާއީޖާދުތަކާއި ތަހުލީލުތައް ކޮށްފައެވެ.
މޮޑާނާއިން ވަނީ ވެކްސިންގެ ކާމިޔާބީ ފާހަގަ ކުރާއިރު ކުރިޔަށް އޮތް ހަފުތާތަކުގެ ތެރޭގައި ވެކްސިން އަށް ހުއްދަ ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައެވެ.
މޮޑާނާ ވެކްސިންގެ ފަހުގެ ޓެސްޓުތަކުގައި އެމެރިކާއިން 30،000 މީހުން ބޭނުންކޮށްފައިވާއިރު ބައިވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ. އަނެއް ބައި މީހުންނަށް ވަނީ ޑަމީ ޝޮޓެއް ޖަހައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ