ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާ އިން 26 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހަދަމުން އަންނަ ރިސޯޓެއް ކަމުގައިވާ ރަށްފަޅުހުރާ އިން ނެގި 249 ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 26 މީހުން ހިމެނޭ ކަމަށެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ޕޮޒިޓިވްވީ 50 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި 31 ބިދޭސީންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ރަށްފަޅުހުރާ އިން ޕޮޒިޓިވްވި މީހުންގެ ސާމްޕަލްތައް ނެގީ އިއްޔެ ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުން މިހާރު އެކަހެރިކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން މިގެންދަނީ ހަދަމުން އަންނަ ރިސޯޓުތަކުގައި އަދި ޓޫރިސްޓު މަސައްކަތް ކުރާ އޮޕަރޭޝަަނަލް ރިސޯޓުތަކުގައިވެސް އެކްޓިވް ސާވައިލަންސް ސާމްޕަލްތަކެއް ނެގުމުގެ. އެގޮތުން ފުރަތަމަ ހަދަމުންދާ ރިސޯޓުގެ ސާމްޕަލްތައް މި ނެގެނީ. ނެގި ނެގުމުން 14 ވަނަ ދުވަހު މި ސާމްޕަލްތައް މި ނެގުނީ. މީގެ ތެރެއިން 26 މީހަކު ވަނީ ޕޮޒިޓިވްވެފައި. އެމީހުން މިހާރު ވަނީ އައިސޮލޭޓް ކުރެވިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރަށްފަޅުހުރާއަކީ ހަތަރު ރަށެއްގެ މައްޗަށް ބެހިގެންވާ ތަނެއް ކަމަށާއި އެތަނުގައި 2،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަދަމުން އަންނަ ބައެއް ރިސޯޓުތަކުން މީގެ ކުރިންވެސް އެކި ފަހަރު މަތިން ކޮވިޑަށް މީހުން ޕޮޒިޓިވްވެފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު