ރާއްޖޭގެ 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމާއި ފަސް ރަށެއްގެ ފެނުގެ ނިޒާމު ގާއިމްކުރަން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، ޑިޒައިން އެންޑް ބިލްޑު އުސޫލުން ހަވާލުކުރި މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.3 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މި މަޝްރޫއުތަކަށް ފައިސާ ދައްކަން ޖެހޭނީ ހަތަރު އަހަރަށް ބަހާލައިގެން ކަމަށް ބުންޏެވެ.
- 1. އއ. ފެރިދޫގެ ފެނާއި ނަރުދަމާ: 69.3 މިލިއަން ރުފިޔާ
- 2. އއ. ހިމަންދޫގެ ފެނާއި ނަރުދަމާ: 65.8 މިލިއަން ރުފިޔާ
- 3. ބ. ކަމަދޫގެ ފެނާއި ނަރުދަމާ: 56.6 މިލިއަން ރުފިޔާ
- 4. ބ. މާޅޮހުގެ ފެނާއި ނަރުދަމާ: 60.4 މިލިއަން ރުފިޔާ
- 5. ހއ. މާރަންދޫގެ ފެނާއި ނަރުދަމާ: 72.8 މިލިއަން ރުފިޔާ
- 6. ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ: 76.7 މިލިއަން ރުފިޔާ
- 7. ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ: 78.9 މިލިއަން ރުފިޔާ
- 8. ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ: 69.1 މިލިއަން ރުފިޔާ
- 9. ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ: 102.1 މިލިއަން ރުފިޔާ
- 10. ށ. ގޮއިދޫގެ ފެނާއި ނަރުދަމާ: 86 މިލިއަން ރުފިޔާ
- 11. ނ. މާފަރުގެ ފެނާއި ނަރުދަމާ: 94.4 މިލިއަން ރުފިޔާ
- 12. ނ. ފޮއްދޫގެ ފެނާއި ނަރުދަމާ: 54.1 މިލިއަން ރުފިޔާ
- 13. ރ. ފައިނުގެ ފެނާއި ނަރުދަމާ: 63.3 މިލިއަން ރުފިޔާ
- 14. ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ: 80 މިލިއަން ރުފިޔާ
- 15. އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ: 45.1 މިލިއަން ރުފިޔާ
- 16. އއ. މަތިވެރީގެ ފެނުގެ ނިޒާމު: 38.8 މިލިއަން ރުފިޔާ
- 17. ހއ. މުރައިދޫގެ ފެނުގެ ނިޒާމު: 46.8 މިލިއަން ރުފިޔާ
- 18. ށ. ފީވަކުގެ ފެނުގެ ނިޒާމު: 49.6 މިލިއަން ރުފިޔާ
- 19. ނ. ހެނބަދޫގެ ފެނުގެ ނިޒާމު: 41.3 މިލިއަން ރުފިޔާ
- 20. ރ. އިންނަމާދޫގެ ފެނުގެ ނިޒާމު: 50.7 މިލިއަން ރުފިޔާ
ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓްގެ މުއްދަތަކީ 18 މަސް ދުވަހެވެ. އަދި ފެނުގެ ނިޒާމުގެ ކޮންޓްރެކްޓް މުއްދަތަކީ 15 މަސް ދުވަހެވެ.
ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ވިޔުގަ އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕު ސްޓޭޝަން ގާއިމްކުރުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް، ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅާނެ އެވެ.
ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ވިޔުގަ އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި އަދި ސީ އައުޓް ފްލޯ އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅގައިދިނުން ހިމެނެ އެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ