ޓެކްސީ ޑްރައިވަރުންނަށް އެހީތެރިވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން 200 ޓެކްސީ ފޯރުކޮށްދެވޭނެ އިންތިޒާމެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގައި މިހާރު ދުއްވާ ގިނަ ޓެކްސީތައް ބާވެފައިވާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދައި ދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓެކްސީ ޑްރައިވަރުންނަށް އެހީތެރިވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާ ވާހަކަ ދައްކައިގެން މިހާރު ވާނީ 200 ވަރަކަށް ޓެކްސީ، ޓެކްސީ ދުއްވާ ފަރާތްތަކަށް ލިބޭނެ ކަހަލަ އިންތިޒާމެއް ހަމަޖެހުމުގެ މަގުމަތީގައި، ހަމަޖެހެން ޖެހޭނެ އެކަން،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މާލޭއަކީ އާއިލާ މެންބަރުންނާއި ކުދިން ގޮވައިގެން ބޭރަށް ނުކުމެ، ހިނގާލަށް އެކަށޭނަ މާހައުލެއް އޮތް ތަނެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބާވެފައިވާ ކާރުތަކުން އަރާ ދުމާއި އެމިޝަން ލެވެލް ވަރަށް ވެސް މަތި ކަމަށެވެ. އެހެންކަމުން އަލަށް ފޯރުކޮށްދޭ ޓެކްސީތަކާއެކު އެކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު