ރަޝިޔާ އާއި ނޯތު ކޮރެއާގެ ހެކަރުން ކޮވިޑް ދިރާސާތަކާ ދެކޮޅަށް ސައިބާ އެޓޭކް ދޭން ފަށާފައިވާކަމަށް މައިކްރޯސޮފްޓް އިން ބުނެފިއެވެ.
މައިކްރޯސޮފްޓް އިން ވަނީ ރަޝިޔާގެ "ފެންސީ ބެއާ" އަދި ނޯތު ކޮރެއާގެ ހެކަރުން ގުޅިގެން މައިކްރޯސޮފްޓްގެ "ޒިންކް" އަދި "ސެރިއަމް" އަށް ހަމަލާ އަމާޒު ކުރަމުން ދާކަމަށް ބުނެފައެވެ. "ޒިންކް" އަދި "ސެރިއަމް" އަކީ ފާމަސޫޓިކަލް ކުންފުނިތަކާއި ވެކްސިން ދިރާސާކުރާ ފަރާތްތައް އެއް ނެޓްވޯކަކުން ގުޅުވައިދިނުމަށް ހަދާފައިވާ ނެޓްވޯކެކެވެ.
މައިކްރޯސޮފްޓް އިން ވަނީ އެންމެ ގިނަ ހަމަލާ ތަކެއް އަމާޒުވެފައިވަނީ ކޮވިޑް ވެކްސިން އުފެއްދުމުގައި ޓެސްޓުތައް ހިންގަމުން ގެންދާ ޖަމިއްޔާތަކަށް ކަމަށް ބުނެފައެވެ.
މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރަޝިޔާގެ އޮފިޝަލުން ވަނީ އެގައުމުން މިފަދަ ކަމެއްގައި ބައިވެރި ނުވާކަމަށް ބުނެފައެވެ. ނަމަވެސް ނޯތު ކޮރެއާއިން އަދި މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ