ހަތާވީސް ވަނަ "ވޯލްޑް ޓްރެވެލް އެވޯޑްސް"ގެ އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެ، ހަތަރު ކެޓަގަރީއެއް ކާމިޔާބުކޮށްފިއެވެ.
1993 ވަނަ އަހަރު ތައާރަފުކުރި މި ޝަރަފުވެރި ޕްރޮގްރާމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގައި ފާހަގަކޮށްލެވޭ މުހިންމު އެވޯޑެކެވެ.
- އިންޑިއަން އޯޝަންގެ އެންމެ މަގުބޫލު ބީޗް ހިމެނޭ ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންގެ އެންމެ މަގުބޫލު ކްރޫސް ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންގެ އެންމެ މަގުބޫލު ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންގެ އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަން 2020
އިންޑިއަން އޯޝަންގެ އެންމެ މަގުބޫލު ޑެސްޓިނޭޝަންގެ މަގާމު ލިބުމާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، މި އެވޯޑަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންއަށް ވާސިލްވުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރާއްޖެއިން ވަނީ އެކި ކެޓަގަރީތަކުން އެވޯޑްތައް ހާސިލްކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ މަގުބޫލު އެއާޕޯޓް ރިސޯޓް، ދުނިޔޭގެ އެންމެ މަގުބޫލު ބީޗު އޮންނަ މަންޒިލް، ދުނިޔޭގެ އެންމެ މަގުބޫލު ހަނީމޫން ރިސޯޓް، ދުނިޔޭގެ އެންމެ މަގުބޫލު ރޮމޭންޓިކް ރިސޯޓް އަދި ދުނިޔޭގެ އެންމެ މަގުބޫލު ލަގްޒަރީ އައިލެންޑް ރިސޯޓްގެ މަގާމު ކާމިޔާބުކޮށްފައެވެ.
ފާއިތުވި 16 އަހަރުގެ ތެރޭގައި 12 ފަހަރެއްގެ މަތިން ރާއްޖެއަށް ވަނީ އިންޑިއަން އޯޝަންގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ހާސިލްކޮށްފައެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް