ށ. ފުނަދޫ އާއި ނ. މަގޫދޫގައި އަލަށް އިމާރާތް ކުރި މިސްކިތް ހުޅުވައިފި އެވެ.
އެ ދެ މިސްކިތް ވެސް އިއްޔެ ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒަހިރު އަލީ އެވެ.
ފުނަދޫގައި އަލަށް އިމާރާތްކުރި މިސްކިތަކީ ސަރުކާރުގެ ބަޖެޓުން 4.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރި މިސްކިތެކެވެ. އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ފެށިއިރު، މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.
މަސްޖިދުލް ރިޟްވާން ގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މަގޫދޫ މިސްކިތަކީ ވެސް ސަރުކާރުގެ ބަޖެޓުން އިމާރާތްކުރި މިސްކިތެކެވެ. ޖުމްލަ 4.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ މިސްކިތް ވެސް އިމާރާތް ކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަނުންނެވެ. އެ މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ ނުވަ ވަނަ ދުވަހުއެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
މަސްޖިދުލް އިސްރާ ގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ