ރާއްޖެއާއި މެލޭޝިއާއާ ދެމެދު ދިފާއީ ދާއިރާއާއި އިސްލާމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ އިންވެސްޓްމަންޓް މިނިސްޓަރު ޖުހާރީ ބިން އަބްދުލްގަނީއެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޑިފެންސާއި އިސްލާމީ ދާއިރާއަކީ މިހާރުވެސް ރާއްޖެއިން މެލޭޝިއާއާއެކު ގުޅުން ބަދަހިކުރަމުން އަންނަ ދެ ދާއިރާއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.
އަލީ ޔާމިން
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
ކޮމެންޓް