އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން މއިަދު ބުނި ގޮތުގައި މިއީ މަދީނާ އިސްލާމިކް ޔުނިވަސިޓީން ބާއްވާ ހާއްސަ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝަހީމް ކުރައްވާ ދަތުރުކެވެ.

މި ކޮންފަރެންސަކީ "އެފޯޓް އޮފް ދި ކިންގްޑަމް އޮފް ސައުދީ އަރަބިއްޔާ އިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑިވިއޭޝަން" މި ނަމުގައި މަދީނާ އިސްލަމިކް ޔުނިވާސިޓީން އިސްނަގައިގެން ބާއްވާ ކޮންފަރެންސެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ތަގުރީރު ކުރައްވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.