ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް އަލުން ދަތުރުތައް ފެށި އެއިރޯފްލޮޓް އިން ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު މިހާރު ބާއްވަމުން އަންނަނީ ހަފްތާއަކު ހަތަރު ފްލައިޓެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ އެއާލައިންގެ ދަތުރުތައް ހަފްތާއަކު އަށް ފްލައިޓް ބާއްވާނެ ކަމަށެވެ. އެގޮތުން ހަފްތާގެ ކޮންމެ ދުވަހަކު އަދި އާދީއްތަ ދުވަހު އިތުރު ފްލައިޓެއް ބާއްވާނެ އެވެ.
އެއިރޯފްލޮޓަކީ މިވަގުތު ރަޝިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވަމުން އަންނަ ހަމައެކަނި ފްލައިޓެވެ. ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ރަޝިއާގެ އިތުރު ތިން އެއާލައިނަކުން ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެއީ ނޯޑްވިންޑް އާއި އަޒުރް އެއާ ރަޝިއާ އަދި ރޮސިޔާ އެއާލައިންސް އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު ޖުލައި 15 ގައި އަލުން ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް ރަޝިއާ އިންނެވެ. އެގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެގައުމުން އެކަނި 9519 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ަެެެއެއިރޯފްލޮޓް
ަެެެއެއިރޯފްލޮޓް
ަެެެއެއިރޯފްލޮޓް