ރަޝިޔާގެ އެއާލައިން އަކުން މާސްކު އެޅުމަށް ދެކޮޅު ހަދާ ފަރާތްތަކަށް ހާއްސަ ސީޓުތަކެއް ހަމަޖައްސައިފިއެވެ.

ރަޝީޔާގެ އެއާލައިން އޭރޯފްލޮޓް އިން ވަނީ ފްލައިޓުތަކުގައި ހާއްސަ ސީޓުތަކެއް މާސްކު އެޅުމަށް ދެކޮޅު ހަދާ ފަރާތްތަކަށް ހާއްސަކުރުމަށް ނިންމައިފައެވެ.

އޭރޯފްލޮޓް އިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން އެ އެއާލައިނުން އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ފަސިންޖަރުންގެ ރައްކާތެރި ކަމަށް ކަން ހާމަކޮށްފައެވެ.

އޭރޯފްލޮޓްގެ އުސޫލުގައިވާ ގޮތުން އެ އެއާލައިނުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން މާސްކު އަޅަށް މަޖުބޫރެވެ. ބައެއް ފަރާތްތަކުން އެއާލައިންގެ އުސޫލާ ހިލާފަށް އަމަލުކުރާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެކަމަށް ފިޔަވަޅެއް އެޅެން ނޯންނަ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.