ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިއަހަރުގެ އޮކްޓޯބަރު މަހު 390 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާ އިން ކޮންމެ މަހަކު ނެރޭ މާލީ ރިޕޯޓުގެ އޮކްޓޯބަރު މަހުގެ އަދަދުގައިވާ ގޮތުން މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 390.57 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅައިބަލާއިރު 57.9 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ މަހު ޓެކްސްގެ ގޮތުގައި ލިބުނު 332.9 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބުނު 57.6 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހު ޑޮލަރުން 4.68 މިލިއަން ލިބުނެވެ.
މީރާ އިން ބުނީ ދައުލަތުގެ އާމްދަނީ މިދިޔަ މަހު ދަށްވީ ކޮވިޑް-19އާ ހެދި ކަމަށެވެ. އެގޮތުން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވުމާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވި ކަމަށް އެ އިދާރާ އިން ބުންޏެވެ. އެގޮތުން ޖީއެސްޓީ އަދި ގްރީން ޓެކްސްގެ އާމްދަނީ މިދިޔަ މަހު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 9.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 52 މިލިއަން ރުފިޔާ ލިބިފައިވާއިރު ވިޔަފާރީގެ ހުއްދައިން 2.5 މިލިއަން ރުފިޔާ ލިބުނެވެ.
އާމްދަނީ
އާމްދަނީ
އާމްދަނީ