ގދ. ވާދޫގައި ކަރަންޓުގައި ޖެހިގެން ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ގދ. ވާދޫ ގެއެއްގައި މަސައްކަތްކުރަނިކޮށް ބަންގްލަދޭޝްގެ 33 އަހަރުގެ ފިރިހެނަކު ކަރަންޓުގައި ޖެހިގެން އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމުގެ ރިޕޯޓު މިއަދު 15:33 ހާއިރު، ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކަރަންޓުގައި ޖެހިގެން މީގެ ކުރިންވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ.