އަބްދުﷲ ޖާބިރު

ގާސިމް އިބްރާހިމްގެ އަތުން 6 މިލިޔަން ރުފިޔާ ހޯދަން އަބުދުﷲ ޖާބިރު ސިވިލްކޯޓަށް މައްސަލަ ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

ޖުމްހޫރީ ޕާޓީ( ޖޭޕީ) ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމްގެ އަތުން، ހަ މިލިޔަން ރުފިޔާ ހޯދުމަށް، ޑީއާރުޕީގެ ލީޑަރު، އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބީރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ. ހުށަހަޅުއްވައިފިއެވެ.

އެ މައްސަލަ ޖާބިރުގެ ފަރާތުން ސިވިލްކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުނެ، ޑީއާރުޕީން ޓުވީޓު ކުރި މައްސަލަ ހުށަހަޅާފޯމުގައި ބުނެފައި ވަނީ، ޖާބިރުގެ އަތުން، ގާސިމް ނެންގެވި އެއް މިލިޔަން ޑޮލަރުގެ ތެރެއިން 65،000 އެމެރިކާ ޑޮލަރު ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.

އެހެންކަމުން 65،000 ޑޮލަރަށް ވާ 1،002،300 (އެއްމިލިޔަން ދެހާސް ތިންސަތޭކަ) ރުފިޔާ ހޯދުމަށް ފޯމުގައި ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ.

މީގެ އިތުރުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ޅ ހިންނަވަރު ނޫރާނީގެ އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކޮށް ޖާބިރުގެ އަތުން އަނބުރާ ދައްކާގޮތަށް ގާސިމް ނަންގަވާފައިވާ ފަސް މިލިޔަން ފުރިޔާ ހޯދުމަށްވެސް އެ ފޯމުގައި ވަނީ ހުށަހަޅުއްވައިފައެވެ.

އެހެންކަމުން ޖުމްލަ 6،002،300 (ހަ މިލިޔަން ދެހާސް ތިންސަތޭކަ) ރުފިޔާ ހޯދައިދިނުމަށް ޖާބިރު ދައުވާގެ ފޯމުގައި ވަނީ ހުށަހަޅުއްވައިފައެވެ.

ދައުވާފޯމުގައި ހެކިންގެ ގޮތުގައި، އެއްމިލިޔަން ޑޮލަރުގެ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޗެކެއްގެ ކޮޕީއެއް ޖާބިރު ވަނީ ހިމަނުއްވައިފައެވެ.