"ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަނެއްކާވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ،
އީސީން މިއަދު ބުނި ގޮތުގައި "ގްރީން ޕާޓީ އޮފް މޯލްޑިވްސް" އުފެއްދުމުގެ ހުއްދަ މި ފަހަރު ދީފައިވަނީ، ގއ. ކޮލަމާފުށި/ އޯޝަންރީޑް މުހައްމަދު އަޒީމަށެވެ.
"ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން ފުރަތަމަ ދިނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށެވެ. ނަމަވެސް ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ޕާޓީ އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކޮށްފައިނުވުމުން އީސީން ވަނީ ޖާބިރަށް ދިން ހުއްދަ ބާތިލްކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ގްރީން ޕާޓީ އުފެއްދުމަށް ހުއްދަ ދިން އަޒީމަކީ ޖާބިރުގެ ކޮއްކޮއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު