އެމެރިކާއިން އުފައްދާ ކޮވިޑް ވެކްސިންގެ މަސައްކަތް 90 ޕަސެންޓް ކާމިޔާބު ކަމަށް ބުނެފިއެވެ.
އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ޕެފިޒާ އިން އުފައްދާ ކޮވިޑް ވެކްސިން "ޕެފިޒާ" އިން މިހާތަނަށް ހަދާފައިވާ ޓެސްޓުތަކަށް ބަލާއިރު ވެކްސިން މަސައްކަތް ކުރާ ރޭޓު އުއްމީދު ކުރިވަރަށްވުރެ ކާމިޔާބުކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
ޕެފިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާ މި ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންގެ ހަށިގަނޑަށް ދެވަނަ ޑޯޒް ޖަހާތާ ހަތް ދުވަސް ފަހުން ވެކްސިންގެ މަސައްކަތް ކުރާ ރޭޓު ފުރިހަމަ ކަމަށާއި ވެކްސިން ޖަހާތާ 28 ދުވަސް ފަހުން ރައްކާތެރިކަން ކަށަވަރުވާ ކަމަށް ދައްކާ ކަމަށް ވެކްސިން ޓީމުން ބުނެ އެވެ.
ޕެފިޒާ ވެކްސިންގެ މަސައްކަތް ފުރިހަމަކަމާއެކު ކުރުމަށް ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ޖަހަން ޖެހެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ