އެއާޕޯޓުގެ މަސައްކަތެއް ކުރާ ޗައިނާ ކުންފުނިން ޕޮޒިޓިވްވީ މީހުންގެ އަދަދު 52 އަށް އަރާފައިވާ ކަމަށާއި 600 އަށްވުރެ ގިނަ ކޮންޓެކްޓުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެ ކޭސްތަކުގެ ތެރޭގައި ހިމެނެނީ އެއާޕޯޓުގެ މަސައްކަތެއް ކުރަމުން އަންނަ ދެ ސަބް ކޮންޓްރެކްޓަރެއްގެ މުވައްޒަފުން ކަމަށެވެ.
"ހުޅުމާލެއިން ފެނުނު ކްލަސްޓާއެއް، އެއީ އެއާޕޯޓުގައި ކުރަމުންދާ މަސައްކަތާ ގުޅިގެން އެތަނުގައި މަސައްކަތްކުރާ ދެ ސަބް ކޮންޓްރެކްޓަރުންގެ ސްޓާފުންގެ ތެރެއިން ޕޮޒިޓިވްވި ކޭސްތައް. މިހާތަނަށް ޖުމުލަ 52 ކޭސް ޕޮޒިޓިވްވެފައިވަނީ،" އޭނާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ އެ ކޭސްތަކާ ގުޅިގެން އެއް ކުންފުނީގެ 425 މުވައްޒަފުން އަދި އަނެއް ކުންފުނީގެ 225 މުވައްޒަފުން ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.
އެ ކްލަސްޓާގެ ކޭސްތައް ފުރަތަމަ ފެނިފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އޭރު ޕޮޒިޓިވްވެފައިވަނީ ޗައިނާ ހާބާ އިންޖިއަރިންގެ 45 މުވައްޒަފެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު