ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ފިހާރަތައް ހުޅުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިކަން އާންމު ކޮށްފައިވަނީ މިއަދު ކުރި އިއުލާނެއްގައެވެ.
ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާތަނަށް އޮތީ ފިހާރަތައް ހުޅެވޭނީ ހެނދުނު 4:00 އިން ރޭގަނޑު 10:30 އަށް ކަމަށް ކަނޑައަޅައިފައެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ވާނެއެވެ.
މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ކާފިއު ގަޑި މެންދަމު 12:00 އިން ފަތިހު 4:00އަށް ބަދަލުކޮށްފައިވަނީ އިއްޔެ އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް