ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2026ގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2026ގައި ބައިވެރިވުމަށް ހުޅުވާލީ މި އަހަރުގެ އޭޕްރިލް ނުވަ ވަނަ ދުވަހުއެވެ.
އެ މައުރޫޒުގައި ބައިވެރިވުމުގެ ފުރުސަތު މި ހަފުތާގެ ހޯމަ ދުވަހު ވަނީ ހަމަވެފައެވެ.
މިނިސްޓަރު ސައީދުގެ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފުރުސަތަކަކީ ހުނަރުވެރި ޒުވާން އާޓިސްޓެއްގެ ހޭންޑްމޭޑް ކްރާފްޓް، ކްރިއޭޓިވިޓީ ހަގީގީ ޕްރޮޑަކްޓްތަކަށް ބަދަލުކޮށްލާނެ ފުރުސަތެއް ކަމަށެވެ.
"މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު ދެގުނަ އިތުރުވެފައިވާ އެކްސްޕޯއެއް،" މިނިސްޓަރު ވިދާޅުވިއެެވެ.
މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރި ކުރެވޭނެއެވެ.
މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި ދިވެހި ވިޔަފާރިތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ކޮމެންޓް