ތިލަފުށީގައި އާ ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއުގައި ބޭރުގެ ކުންފުންޏަށް އިސްކަން ދީފައިވާ ކަމަށްބުނެ މީޑިއާގައި ފަތުރާ ހަބަރުތައް އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފިއެވެ.
އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ގާނޫނީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން އާންމުކޮށް ގެންގުޅޭ އުސޫލުތަކުގެ ތެރެއިންނެވެ. އަދި މިފަދަ ނިންމުންތައް ނިންމާފައިވާނީ ރާއްޖޭގެ ދުރުރާސްތާ ތަރައްގީގެ މުހިންމު ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ތިލަފުށީ ބަނދަރަކީ ދިވެހި ރައްޔިތުންނަށާއި ގައުމުގެ ދުރުރާސްތާ ކުރިއެރުމަށް ބޭނުންވާ މުހިންމު ތަރައްގީގެ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއު ހަވާލުކުރެވިފައިވަނީ ސަރުކާރުގެ އެންމެހާ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ ރާއްޖޭގެ އެއްވެސް ބައިވެރިއަކާ މެދު ތަފާތު ކުރުމެއް ގެންގުޅުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ހުރިހާ ބައިނަލްއަގުވާމީ ބައިވެރިންނާއެކުވެސް އުފެއްދުންތެރިކަމާއެކު މަސައްކަތް ކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތާއި ގައުމީ މަސްލަހަތަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ވެސް އެ މިނިސްޓްރީން ދީފައިވެއެވެ.
މީގެ ކުރިން ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ އިންޑިއާގެ ކުންފުންޏަކަށް ތިލަފުށީ ޕޯޓު ވިއްކާލާފައިވާ ކަމަށް ވިދާޅުވެ ތުހުމަތުތަކެއް ކުރައްވައިފައެވެ. ނަމަވެސް އެ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދޮގުކުރައްވައިފައެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ކޮމެންޓް