މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މާލޭގެ މަގުތައް ސާފު ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
ވެމްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ހަރަކާތަކީ ޖުމްހޫރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީގެ މަގުުތައް ސާފުކުރުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މާލޭގެ މަގުތަކަށް އުކާލާފައިވާ ކުނިތައް ނަގައި، މަގުތައް މުޅިން ސާފުކުރުމުގެ މަސައްކަތްކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެ މަސައްކަތުގެ ދަށުން ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ވެމްކޯ އަދި މަލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ހިމެނޭ ގޮތަށް ގްރޫޕުތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ ހަފުތާއެއްގެ ތެރޭ މުޅި މާލެ އެއްކޮށް ސާފުކުރުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު