ޑެންމާކް ގައި މިންކްގެ ޒަރިއްޔާއިން ކޮވިޑް ފެތުރޭކަން ފާހަގަ ވެ ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.
ޑެންމާކުގައި މިހާތަނަށް މިންކުގެ ޒަރިއްޔާއިން 214 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ޑެންމާކުގެ ސަަރުކާރުން ވަނީ އުތުރު ޑެންމާކްގެ ބޮޑު ސަރަހައްދެއް ލޮކްޑައުން ކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެވެ. އެގައުމުގައި ދިރިއުޅޭ 17 މިލިއަނަށްވުރެ ގިނަ މިންކް މެރުމަށް ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ.
މިންކުގެ ޒަރިއްޔާއިން ކޮވިޑް އިންސާނުންނަށް ޖެހުނު ކަމުގައި ވީނަމަވެސް ވައިރަހުގެ ބާރު ވަކި ގަދަވެފައި ނުވާކަމަށް ޑެންމާކްގެ އޮފިޝަލުން ބުނެއެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ޑެންމާކްގައި މިންކްގެ ޒަރިއްޔާއިން ކޮވިޑް ފެތުރެމުންދާ ރިޕޯޓްތައް ލިބުމާއެކު އެގައުމުގައި ހާއްސަ ދިރާސާއެއް ފަށާފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ