އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، ބާސެލޯނާގައި މަޑުކުރަން ބޭނުންވާ ނަމަ، މުސާރަ ކުޑަކުރަން އެއްބަސް ވާން ޖެހޭނެ ކަމަށް ކްލަބުގެ ރައީސް ކަމަށް ވާދަކުރާ ޓޯނީ ފްރެއިޒާ ބުނެފިއެވެ.
ބާސާއާ މެސީއާ މެދު މައްސަލަތަކެއް ޖެހި، ކްލަބުގެ ރައީސް ކަމުގައި ހުރި ޖޯސެފް ބާޓޮމިއޫ މިހާރު ކްލަބުން އިސްތިއުފާ ދީފައިވާއިރު، މެސީ އަންނަ ސީޒަންގައި ކްލަބުގައި މަޑުކުރާނެ ކަމާ މެދުވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ. ހަ ފަހަރު ބެލޮންޑިއޯ ކާމިޔާބު ކޮށްފައިވާ މެސީ، ޕީއެސްޖީގެ އިތުރުން އިންޓަ މިލާން އަދި މެންޗެސްޓާ ސިޓީއަށް ދާން ބޭނުންވާ ކަމަށް މީޑިއާތަކުން ބުނެފައި ވެއެވެ. މެސީ ބޭނުން ނަމަ، މި ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ކްލަބު ދޫކޮށްލެވޭނެއެވެ.
ބާސާގައި މެސީ ދައްކާ ކުޅުން ވަރަށް ބޮޑަށް ދަށްވެގެން ދިޔައިރު، ކްލަބަށް ވަނީ ފައިސާގެ ބޮޑެތި ދަތިތަކެއް ކުރިމަތި ވެފައެވެ. ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ކްލަބު ބަނގުރޫޓްވުމަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު، ހަރަދުތައް ކުޑަކުރުމަކީ އެ ކްލަބުގައި މިހާރު އޮތް ވަގުތީ ބޯޑަށްވެސް މަޖުބޫރު ކަމެކެވެ. މުސާރައަށް އަހަރެއްގެ މައްޗަށް 1.3 ބިލިއަން ޕައުންޑް ކްލަބަށް ހަރުދަވާއިރު، ކްލަބު މިހާރު ހިންގަމުންދަނީ 912 މިލިއަން ޕައުންޑްގެ ދަރަންޏެއް ގައެވެ.
"މެސީއަށް ވެސް ކުޅުންތެރިންނާއެކު އާ އެގްރީމަންޓްތައް ހުށަހަޅާނެ. މިހާރުގެ ހާލަތަށް ފީސިބަލް ވާނެ ގޮތަކަށް މުސާރަތައް ވެސް ބަދަލުވާނެ. މިހާރު މެސީއަށް ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ނޫން އާ ކޮންޓްރެކްޓްގައި އަންނާނީ. އެއީ ކްލަބުގެ އާމްދަނީ އިންތިހާއަށް މަދުވެއްޖެ. އެހެން ގޮތެއް ހޯދަން ހޯދަން އެބަ ޖެހޭ،" ފްރީޒާ ބުނެފައި ވެއެވެ.
ފްރީޒާ ބުނެފައި ވަނީ މެސީ އަދި ބާސާ ދޫކޮށްދާން ނުޖެހޭ ކަމަށާއި، މެސީގެ ކެރިއަރު ބާސާގައި ނިންމާލުން އެއީ ބޭނުންވާ ގޮތް ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު